GSCKKowbEAAywpF

ދާންދޫ އައިސްޕްލާންޓު ބޮޑުކޮށްދިނުމަށް އެދިއްޖެ

ގއ. ދާންދޫ އައިސްޕްލާންޓު ބޮޑުކޮށްދިނުމަށް އެރަށުން ކައުންސިލުން އެދިއްޖެއެވެ.

ކައުންސިލުން މިގޮތަށް އެދިފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދާންދޫ ކައުންސލުން ވަނީ އެރަށު އައިސްޕްލާންޓު ބޮޑުކޮށްދިނުމާއި ސްލިޕްވޭ އެޅުމަށް ވުޒާރާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.'

އަދި ދާންދޫގެ މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާ މަސްވެރިންނަށް މަސްކިރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކޫއްޑޫ ތަރައްގީ ކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ކޫއްޑޫއިން މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ވީހާވެސް އަވަހަކަށް ހައްލު ހޯދައިދިނުމަށް ކައުންސިލުން އެދިފައިވެއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ބެލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ސިނާއަތުގެ ކަންބޮޑުވުންތައް ކައިރިން އަޑުއެހުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކާއި އެކު ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!