ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ހެދި މޮނިއުމެންޓު މިއަދު ހުޅުވައިފިއެވެ.
ސިނަމާލެ ބުރިޖާ ގުޅިފައިވާ ހަލިމަގުން އެއާޕޯޓަށް ވަންނަ ދިމާލުގައި ބަހައްޓާފައިވާ މި މޮނިއުމެންޓް ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފާއި އެ ކުންފުނީގެ ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފެވެ.
މި މޮނިއުމެންޓުގައި ވެލާނާ އެއާޕޯޓުގެ ނަން ބޯޑަކާއި އޭގެ މަތީގައި ލެޑް ސްކްރީނެއް ވަނީ ބަހައްޓާފައެވެ. އަދި މި ލެޑް ސްކްރީނުން އެއަރޕޯޓުގައި ކުރިއަށްދާ ހަރަކާތްތައް ފެންނާނެއެވެ.
އެމްއޭސީއެލް އިން ހާމަ ކުރެއްވި ގޮތުގައި، މމޮނިއުމަންޓާއި އެކު އެއަރޕޯޓުން ދެވޭ ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް ދެކޭ ކަމަށެވެ.