ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފި އެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ޗީފް އެގްޒެކެޓިވް އިޔްލާސް އަހްމަދު ވިދާޅުވީ ޖުވާ ކުޅެން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ވެބްސައިޓްތަކެއް ފުލުހުންގެ އެންގުމަށް މިހާރު ބްލޮކް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ބްލޮކްކޮށްފައިވަނީ ހަތަރު ވެބްސައިޓެވެ.
ޖުވާ ކުޅޭ ސައިޓްތައް ބޭނުންކުރާ މިންވަރު މިފަހުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.


