GSDYXxhaEAA6Lrz

މަސްވެރިކަމުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު އިޓަލީގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބް ރައީސް އާއި ހިއްސާކޮށްފި

އިޓަލީގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބް ރައީސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ވެހޭ ވަޒީރު އަހުމަދު ޝިޔާމް ބައްދަލުކުރެއްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިޓަލީގެ ރޯމުގައި ކުރިއަށްދާ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ، ކޮމިޓީ އޮން ފިޝަރީޒްގެ 36 ވަނަ ސެޝަނުގެ ހަވާސާގައެވެ.

އިޓަލީގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބް ރައީސް ޖިއާންމާކޯ ސެންޓިނާއިއޯ އާއި އެކު ބޭއްވި ބައްދަލުވުމުގައި ވަޒީރު ޝިޔާމުވަނީ ރާއްޖެއާއި އިޓަލީ އާއި ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި އިންވެސްޓުމަންޓުގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތުތައްވަނީ ހިއްސާކޮށްފައެވެ. އެގޮތުން ސްޕޯޓްސް ފިޝިންގ މެރީނާތަކާއި މެރިކަލްޗާރގެ ދާއިރާއާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ސިންދަފާތުކުރުމާއި ގުޅޭ ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތުވަނީ ހިއްސާކޮށްފައެވެ.

އަދި މީގެއިތުރުން އީޔޫއަށް ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީތައް ކުޑަކުރުމާއި ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ވަޒީރު ޝިޔާމުވަނީ ހިއްސާކޮށްފައެވެ.

ވަޒީރު ޝިޔާމް މިމަހުގެ 7 އިން އިން 13 އަށް އިޓަލީވިލާތައް ކުރައްވާ މި ދަތުރުފުޅަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން ކޮމިޓީ އޮން ފިޝަރީޒްގެ 36 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!