ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މާސްކް އަޅައިގެން ހޮސްޕިޓަލަށް ދިއުމަށް އައިޖީއެމްއެޗުން މިއަދު އެދިއްޖެ އެވެ.
އެ ހޮސްޕިޓަލުން ބުނީ ހައްޖުގެ އަޅުކަމަށް ފަހު، ރާއްޖެ އައި މީހުންނަށް ހާއްސަކޮށްގެން ހުޅުވި ފްލޫ ކްލިނިކުން ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވެފައިވާތީ އެ ކްލިނިކް ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކް އަޅައިގެން އެ ތަނަށް ދިއުމަށް އެދޭ ކަ،މަށެވެ..
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މީގެ ކުރިން ކުރި ޕޯސްޓުގައި ވަނީ އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ޖެހިފައިވާނަމަ ގޭގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަން އެދިފަ އެވެ.
ރާއްޖެއިން މި އަހަރު 1،150 މީހުން ހައްޖަށް ދިޔަ އެވެ.



