މަސްވެރިކަމާއި ގުޅޭ

އެމްއެންޔޫ
އެމްއެންޔޫ

ފިޝަރީޒް ކޮލެޖަށް ޑީންއެއް ހޯދަނީ

ފިޝަރީޒް ކޮލެޖަށް ޑީން އެއް ހޯދަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫ އިން އިއުލާނުކޮށްފިއެވެ.

އެމްއެންޔޫއިން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނީ، ޑީންގެ މަގާމަށް ކުރިމަތިލެވޭނީ ހަޔަރ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް، މެނޭޖްމަންޓް ނުވަތަ ފިޝަރީޒް ސައިންސް، އޯޝަން އެންޑް މެރިން ސައިންސް، މެރިން ބަޔޮލޮޖީ ނުވަތަ ފިޝަރީޒް ސައިންސް، އޯޝަން އެންޑް މެރިން ސައިންސް، މެރިން ބަޔޮލޮޖީ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމު ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށެވެ.

އެ އިއުލާނުގައި ބުނީ، އެ ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަވެސް ޑީންގެ މަގާމަށް ކުރިމަތިލެވޭނެ ކަމަށެވެ.

މި މަގާމަށް އެލަވަންސްތަކާއެކު މަހަކު 40000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.

އެމްއެންޔޫއިން ބުނީ ޑީންއެއް ހޯދަނީ ހަތަރު އަހަރު ދުވަހަށް ކަމަށެވެ. އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28ގެ މެންދުރު 12:00 ގެ ކުރިން ވަޒީފާ ފޯމު ފުރިހަމަކުރުމަށް ފަހު، އޮންލައިންކޮށް ހުށަހަޅަން ވަނީ އެދިފައެވެ.

ފޯމު: https://tinyurl.com/MNUHR-2024-138

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!