މާވަށު ކައިރީގައި ވަދު ކަނދުފައްޗެއް އަޅައިދޭން އެ ރަށު ކައުންސިލުން އެދިއްޖެއެވެ.
ސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ލ. މާވަށު ކައުންސިލާ މިއަދު ބައްދަލުކުރައްވާފައެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ވިދާޅުވީ، މާވަށު ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ވަދުކަނދުފައްޗެއް އަޅައިދެއްވުން ކަމަށެވެ. އަދި ހުޅަނގު މޫސުމުގައި މާންދޫއިން އައިސް އެޅުމަށް މަސްވެރިންނަށްވެސް އުދަނގޫކަމަށާއި މާވަށުގައި އައިސް ޕްލާންޓް އެޅުމަކީ މުހިންމު އަދި ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.
މާވަށު ކައުންސިލްގެ ރައީސް ވަނީ ފަތުރުވެރިކަމަށް 2008 ގައި ދޫކޮށްފައި އޮތް ކަށިގުރައިދޫ، އެ ރަށުގެ އިހްތިޞާސްގެ ތެރޭގައި ހިމެނުމަށް މަސްވެރި ވުޒާރާގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
އެ ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވީ، ކަނދުފަތި އެޅުމަށް ފާއިތުވި ދެ މަސްދުވަހު ދަތުރުތައް ނުކުރެވުމުން ޑިލޭ އުޅޭކަމާއި މިހާރު މަސައްކަތް ކުރައްވަނީ ދޮށީ ކަނދުފަތިތައް އެޅުމަށް ކަމަށެވެ. އަދި މާވަށު ރައްޔިތުންނަށް ވަދު ކަނދުފައްޗެއް އަޅައިދެއްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މިފްކޯ ހަރުދަނާ ކުރުމަށް މަސައްކަތް ފަށާފައިވާ ކަމާއި މަސްވެރިންނަށް ސީދާ ސަބްސިޑީ ދިނުމަކީ އަމާޒެއްކަމަށެވެ.