މަސްވެރިކަމާއި ގުޅޭ

ތ. ހިރިލަންދޫ--- ފޮޓޯ: ހިރިލަންދޫ މަސްވެރިން
ތ. ހިރިލަންދޫ--- ފޮޓޯ: ހިރިލަންދޫ މަސްވެރިން

ހިރިލަންދޫއަށް މަސް ކިލޯއެއް ގަންނަ އަގު 28ރ އަށް!

މިދުވަސްވަރު ކަނޑުމަސް ލިބޭ ވަރު މަދުވެ، ހިރިލަންދޫއަށް މަސް ކިލޯއެއް ގަންނަ އަގު 28ރ އަށް އުފުލިއްޖެއެވެ.

ތ. ހިރިލަންދޫއަކީ ރާއްޖެއިން މަސްވެރިކަމަށް ފާހަގަކޮށްލެވޭ ރަށެކެވެ. މަސްދޯނިފަހަރު ގިނަ ރަށެކެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް މަސްކައްކާ ހިއްކާ އެއް ރަށެވެ. އެންމެ ގިނައިން މަސްދޯނިފަހަރު ބަންނަ އެއް ރަށެވެ. ރަށުގެ އެއްކޮޅު ވަނީ މިކަމަށް ޚާއްޞަކޮށްފައެވެ.

އެރަށުގައި 15 ވަރަކަށް މަސް ކައްކާ ތަން ހިންގާއިރު، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ މަސް އެތަންތަނުން ގަނެއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެ ރަށުން މިއަދު 28ރ އަށް މަސް ގަންނަމުން އަންނަ ކަމަށެވެ.

ހިރިލަންދޫއަށް 28ރ އަށް މަސް ކިލޯއެއް ގަންނަމުންދާއިރު މިފްކޯއަށް މަސް ގަންނަމުންދަނީ ކިލޯއެއް 16ރ އަށެވެ. އެހެންކަމުން ހިރިލަންދޫއަށް މަސް ގަންނަމުން މިދަނީ މިފްކޯއަށްވުރެއްވެސް އަގުބޮޑުކޮންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ހިރިލަންދޫ މީހުން މިއަގުގައި މަސްގަނެގެން އެމަސް ކައްކާ ހިއްކާފަ ވިއްކަނީ އެހެން ދުނިޔެއަކަށްތަ؟

Comments are closed.