މަސްވެރިކަމާއި ގުޅޭ

019A9688 (1)

ވަޒީރު ޝިޔާމް، ނޫމަރާ ކައުންސިލާ ބައްދަލުކުރައްވައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ށ. ނޫމަރާ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލްގެ ރައީސް ވަނީ، ނޫމަރާ ކަނޑުއޮޅިއަކީ މަސްވެރިކަން ރަނގަޅު ސަރަހައްދެއްކަން ފާހަގަކުރައްވައި، އެ އަތޮޅުގައި ބޮއި އަޅައިދެއްވުމަށް އެދިލައްވައިފައެވެ. އަދި އެ ރަށާއި ކައިރީގައި މަސް ކަނދުފައްޗެއް އަޅައިދޭން އެދިލެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ވަޒީރު ޝިޔާމް ވިދާޅުވީ، ބޮއި ފައްތަން ބޭނުންކުރާ ގައު އެޅުމަށް ބޭނުން ކުރި ބިމުގައި އިމާރާތެއް އެޅުމަށް ނިންމާފައިވާތީ އެ ތަނުގައި މިހާރު ގައު އެޅުމުގެ މަސައްކަތް ނުކުރެވޭކަމަށާއި އެހެންކަމުން ކަނދުފަތި އެޅުމަށް ބުރޫއަރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ވަސީލްތައް މަދުވުމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކަނދުފަތި ނޭޅޭނެ ކަމަށާއި އެ ވުޒާރާގެ މިހާރުގެ ވިސްނުމަކީ، ރާއްޖޭގެ އުތުރާއި ދެކުނުގައި އިތުރު ދެ ފެޑް ސެންޓަރު އެޅުން ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ހަމައެކަނި މަސްވެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި މެރިކަލްޗާ ސިނާއަތް ތަރައްގީކުރުމަށް ރާއްޖޭގެ ތިން ސަރަހައްދަކުން ތިން ޒޯނެއް ކަނޑައަޅައި ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!