މަސްވެރިކަމާއި ގުޅޭ

ކުރުމަސް - ފޮޓޯ: ޓާބޯސްކްއިޑް

ކުރުމަސް

ކުރުމަހަކީ ޢާންމުގޮތެއްގައި އަތޮޅުންބޭރު މާކަނޑުތަކުގައި އުޅޭމަހެކެވެ.

މިއީ ހޫނުކަނޑުތަކުގައި އުޅޭ ވަރަށް ހަލުވިމަހެކެވެ. އެންމެބޮޑު ކުރުމަހަކަށް ދުނިޔޭގައި ރިކޯރޑްކުރެވިފައިވަނީ 2.1 މީޓަރުގެ ދިގުމިންހުރި، 83 ކިލޯގްރާމް ހުރި ކުރުމަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ އަނގަޔަށް މީރުމަހެކެވެ.

ކުރުމަހަކި ދިގުމަހެކެވެ. މަހުގެ އަނގަ ވަރަށް ބޮޑެވެ. އަދި އެއްބަރިއަށް އުފެދިފައި ހުންނަ ގަދަފަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 23 އާއި 27 އާ ދެމެދުގެ ޢަދަދަކަށް ހަރުކަށިހުރެއެވެ. މަހުގެ މަތީބައިގައްޔާއި ބަނޑުދަށްފަރާތުގައި ވަކިވަކިން ހުންނަ ކުދިކޮތަރިބައިގެ ޢަދަދަކީ 8 ނުވަތަ 9 އެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލައަކަށްދާ ފެހިކުލައެކެވެ. މަހުގެ ދެފަރާތުގައި 23 އާއި 30 އާ ދެމެދުގެ ޢަދަދަކަށް ކަޅުކުލައެއްގެ ރޮނގުތަކެއް މަހުގެ ހުރަހަށް ދެމިފައި ހުރެއެވެ.

ކުރުމަސް ކަނޑުގެ ދެފެންދޭތެރެގައި ބައިބަޔަށް މަދު ޢަދަދަކަށް އައިންހަދައިގެން އުޅެއެވެ. މިގޮތަށް އައިން ހަދައިގެން އުޅޭނީ ޢާންމުކޮށް އެއްސައިޒެއްގެ މަހުންނެވެ. ކުރުމަހުގެ ކާނާއަކީ ކަނޑުމަހުގެ ކުދިބާވަތްތަކާ، ފުޅަނގި އަދި ކަނޑުގެ މަތީބައިގައި އުޅޭ އެހެނިހެން މަސްމަހާ، ބޯވަދިލަމަހެވެ. ރާއްޖޭގައި ވަދުއަޅައިގެންނާއި، ހޭމަސް ހަލައިގެން ކުރުމަސް ބާނާއުޅެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Wahoo

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!