މިރޭ ރާއްޖޭގެ އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން ބުނީ އުތުރުގެ އެކިހިސާބާަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރުފޯރާ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މެޓުން ބުނީ ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށެވެ.