މަސްވެރިކަމާއި ގުޅޭ

MSC certified tuna cans at a shelve in a retail store in germany

ޖަރުމަނުގެ ފިހާރަތަކުގައި އެމްއެސްސީއަށް ފެތޭ މަހުގެ ބާވަތްތައް އިތުރުކުރަނީ!

ޖަރުމަނުގެ ފިހާރަތަކުގައި މެރިން ސްޓްއަރޑްޝިޕް ސެޓިފިކެޓް ނުވަތަ ދެމެހެއްޓެނިވި މިންގަނޑުތަކަށް ބާނާފައިވާ މަހުން އުފައްދާފައިވާފައިވާ ތަކެތި އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން ޖަރުމަނުގެ އާންމުންގެ އެދުމުގެ މަތިން އެމް.އެސް.ސީ ލިބިފައިވާ މަހުގެ އުފެއްދުންތައް ޖަރުމަނުގެ ރީޓެއިލް ފިހާރަތަކުގައި ވިއްކުމަށް ދަނީ އިސްކަން ދެމުންނެވެ. ނަމަވެސް މިމަސައްކަތުގައި ބައެއް ފިހާރަތަކަށް ދަނީ ދަތިތަކާ ކުރިމަތި ވަމުންނެވެ. ޖަރުމަނު ވިލާތުން ބޭނުންވަނީ އެޤައުމުގެ ފިހާރަތަކަކީ ވީހާވެސް ގިނައިން އެމް.އެސް.ސީ މިންގަނޑުތަކަށް ފެތޭނެހެން ބާނާފައިވާ މަހާއި މަހުގެ އުފެއްދުން ވިއްކާ ޤައުމަށްވުމެވެ.

ޖަރުމަނުގެ އެންމެ ބޮޑު 10 ރީޓެއިލް ފިހާރަތަކުގެ ތެރެއިން 8 ފިހާރައިން މިހާރުވެސް ދަނީ އެމް.އެސް.ސީ މިންގަނޑަށް ފެތޭ މަހުގެ އުފެއްދުންތައް ވީހާވެސް ގިނައިން ވިއްކޭތޯ ދަނީ ބަލަމުންނެވެ. އެހެންކަމުން މިފިހާރަތަކުން ބޭރުގެ ޤައުމުތަކުގެ އުފެއްދުންތައް އޯޑަރު ކުރާއިރު، މަހުގެ އުފެއްދުންތަކުގައި ބޭނުންކޮށްފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ބާނާފައިވާ މަހުން އުފައްދާފައިވާ ތަކެތިތޯ ދަނީ ޔަޤީންކުރަމުންނެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކޮށް މަހުގެ އުފެއްދުންތައް އުފައްދާ ޤައުމުތަކާއި ކުންފުނިތަކަށް ލިބޭ ކުރިއެރުމެކެވެ. އެއީ ޔޫރަޕްގެ ބޮޑެތި މާރކެޓްތަކުގައި މިމިންގަނޑުތަކަށް ފެތޭ ތަކެތި އެކަނި ވިއްކަން ފެށުމުން އެފަދައިން އަމަލްކުރާ ފަރާތްތަކަށް އޮންނަ ޑިމާންޑު އިތުރުވާނެތީއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!