މަސްވެރިކަމާއި ގުޅޭ

photo_2024-08-10_22-59-20

އިންޑިއާގެ ހާރިޖީ ވަޒީރު، ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ސުބްރަމާނިއަމް ޖަޔަޝަންކަރު، ތިލަމާލޭ ބުރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައިފިއެވެ.

މި ޒިޔާރަތުގައި ޑރ.ޖަޔަސަންކަރު ވަނީ ބްރިޖް މަސައްކަތް ކުރިއަށް ގެންދާ އިންޑިއާގެ އެފްކޮން ކުންފުނީގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި، ބްރިޖްގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުވާފައެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތަކީ އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓްގެ އިތުރުން، 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކާއިއެކުއެވެ. މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 500 މިލއަން ޑޮލަރެވެ. މި ބްރިޖްގެ ދިގުމިނުގައި 6.7 ކިލޯ މީޓަރު ހުރެއެވެ.

މި ޕްރޮޖެކްޓްގެ 42 އިންސައްތަ މަސައްކަތް މިހާރު ނިންމާލާފައިވާއިރު، މި ޕްރޮޖެކްޓްގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި ޕްރޮޖެކްޓް ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 އަށެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރުގެ ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު އަރިހުގައި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!