މަސްވެރިކަމާއި ގުޅޭ

IMG_8344

ގުރައީދޫގައި ގަސްއިންދުމުގެ މުބާރާތެއް، 1ވަނަ އިނާމު 30000 ރުފިޔާ

ކ.ގުރައިދޫގެ މަގުތަކުގައި ގަސްއިންދާ ޒީނަތްތެރިކުރުމުގެ މުބާރާތެއް ކުރިއަށްގެންދިއުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތް މިމަހުގެ 1 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.
ގުރައިދޫ ކައުންސިލުން ބުނީ މިމުބާރާތް ކުރިއަށްދާނީ ގުރައިދޫ 14 ސަރަޙައްދަކަށް ބަހާލައިގެން އެ ސަރަޙައްދުތަކުގެ މެދުގައި ކަމަށެވެ. މުބާރާތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު ކަމުގެ ތަޖުރިބާ ހުރި ރަށުންބޭރު ފަރާތެއް ނުވަތަ ފަރާތްތަކެއްގެ އެހީގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ސަރަޙައްދު ހޮވައި، އިނާމު ދެވޭނެ ކަމަށެވެ.
މުބާރާތުގެ އިނާމުތައް
1 ވަނަ ސަރަޙައްދަށް -/30،000 ރުފިޔާ
2 ވަނަ ސަރަޙައްދަށް -/20،000 ރުފިޔާ
3 ވަނަ ސަރަޙައްދަށް -/10،000 ރުފިޔާ
މުބާރާތަށް އިޢުލާނުކުރާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ސަރަޙައްދަކުންވެސް ރަޖިސްޓްރީވާން ޖެހެއެވެ.
އަދި ރަޖިސްޓްރީވާއިރު ސަރަޙައްދަށް ނަމެއް ކަނޑައަޅައި ސަރަޙައްދުގެ ލީޑަރު ކަނޑައަޅަންޖެހެއެވެ. އަދި ކޮންމެ ސަރަޙައްދަކުންވެސް އައްޔަނުކުރާ ލީޑަރަކީ މުބާރާތް ނިމެންދެން މުބާރާތުގެ އެންމެހާ ކަންކަމުގައި ކައުންސިލުން މުޢާމަލާތުކުރާނެ ފަރާތް ކަމުގައިވާތީ ކޮންމެ ސަރަޙައްދަކުންވެސް ކަނޑައަޅާ ލީޑަރަކީ ފަސޭހަކަމާއެކު އެފަރާތާ މުޢާމަލާތުކުރެވޭނެ ފަރާތަކަށް ވާންވާނެކަމަށް ކައުންސިލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!