އައްޑޫގައި ގާއިމްކުރާ ހަބުން ރިސޯޓުތަކަށް ބޭނުންވާ ސީފުޑް ލިބޭނެ

އައްޑޫ ސިޓީ މަރަދޫ، ފޮޓޯ- އައްޑޫ ސިޓީ ފޭސްބުކްޕޭޖް، އެލީ
އައްޑޫ ސިޓީ މަރަދޫ، ފޮޓޯ- އައްޑޫ ސިޓީ ފޭސްބުކްޕޭޖް، އެލީ
އެމްޕީއެލުން ވަނީ އައްޑޫގައި ބިން ހިއްކައިގެން ފްރީ ޒޯނެއް ތަރައްޤީކުރަން ނިންމާފައެވެ. އަދި މި މަސައްކަތުގެ ދަށުން ސީފުޑް ހަބެއް އެތަނުގައި ތަރައްޤީކުރުމަށް ހަމެޖެހިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

މިއީ އެމްޕީއެލްއަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމެއް ކަމަށް ވަޖީހު ވިދާޅުވިއެވެ. "މަސައްކަތް މިކުރަނީ އައްޑޫ އޭރިއާގައި ފްރީ ޒޯން ހަދައިގެން އިންޓަރނޭޝަނަލް ސީފުޑް ހަބެއް ހެދުން، އޭރުން ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑު ލިބޭނެ ރާއްޖެއިން، އިމްޕޯޓުކުރާކަށް ނުޖެހޭނެ، ޑިލޮރު ލިބުން ފަސޭހަކަމަކަށްވާނެ." ވަޖީހު ވިދާޅުވިއެވެ.

ސީފުޑު ހަބުގެ އިތުރުން އައްޑޫ ޕޯޓުތަކުގައި ވެހިކަލް އެސެމްބަލްކޮށްގެން އެހެން ޤައުމުތަކަށް އެކްސްޕޯޓުކުރުމުގެ މަސައްކަތްވެސް އައްޑޫގައި ކުރުމުގެ ވިސްނުން އެބަހުރިކަމަށް ވަޖީހު ވިދާޅުވިއެވެ.

"ރޯރޯ ޓާރމިނަލެއް އެތަނުގައި ހަދާނަން، ވެހިކަލްތަކަށް އަމާޒުކޮށްގެން، ދުނިޔޭގެ މަރކެޓަށް ވަދެގެން، ކޮންމެވެސް އެއްބަޔަކު މިތަނަށް ގެެނެސްގެން ރާއްޖޭގައި އެކަންކޮށްފައި އެކްސްޕޯޓުކުރާނީ." ވަޖީހު ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ