މަސްވެރިކަމާއި ގުޅޭ

Capture

ލަންކާގެ ރިޔާސީ އިންތިހާބާއި ގުޅިގެން ދިވެހިން ސަމާލުވާން އިލްތިމާސްކޮށްފި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީ ލަންކާގެ ރިޔާސީ އިންތިހާބާއި ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސް ކޮށްފިއެވެ.

އެ އެމްބަސީން މިރޭ "އެކްސް" ގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރިޔާސީ އިންތިހާބާއި ގުޅިގެން  ސަލާމަތީ ފިޔަވަޅުތައް އިތުރު ކުރެވިފައިވާ މި ދަނޑިވަޅުގައި އިތުރަށް ސަމާލުވެ ތިބުމަށް އެންމެހާ ދިވެހިން ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

ބޭރަށް ނުކުމެ އުޅޭނަމަ އައިޑެންޓިފިކޭޝަން ގެންގުޅުމަށާއި ވޯޓްލާ މަރުކަޒުތައް ކައިރިއަށް ނުދިޔުމަށާއި، ދަންގަޑިތަކުގައި ބޭރުގައި ނޫޅުމަށާއި ލަންކާ ފުލުހުން ނުވަތަ ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަންވުމަށް އެ އިލްތިމާސްގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކަށް ވިސްނަވައި ވިސާއާއި ގުޅުންހުރި ކަންކަން ހަމަޖެއްސެވުމަށް ވެސް އެމްބަސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!