މިޔުޒިކް ޝޯ އަކާއެކު، އުރީދޫގެ ސްޕްރައިޒް ހަރަކާތެއް މިރޭ އާޓިފިޝަލް ބީޗުގައި

Ooredoo-Head-Office

އުރީދޫ މޯލްޑިވްސްއިން މިރޭ މިއުޒިކް ޝޯއަކާއެކު އާޓިފިޝަލް ބީޗުގައި ހާއްސަ ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އުރީދޫއިން ބުނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އެ ހަރަކާތް އޮންނާނީ މިރޭ 8:30 އިން 10:00 އަށް ކަމަށެވެ. އެ ހަރަކާތުގައި ހަބޭސް ބޮޑުބެރު ގުރޫޕާއި ސިމްބޮލިކް ރެކޯޑްސްގެ ހުށަހެޅުންތައް ފެންނާނެއެވެ.

ރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ އުރީދޫއިން ވަނީ އެންމެ ފަހުގެ އައިފޯނަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހު ހުޅުވާލާފައެވެ.

އުރީދޫއިން އައިފޯން 16 ޕްރޯގެ ޕްރީއޯޑާ ފެށޭ އަގަކީ 24،899 ރުފިޔާ ކަމަށްވާއިރު، އައިފޯން 16 ޕްރޯ މެކްސްގެ ފެށޭ އަގަކީ 27،199 ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ