މަސްވެރިކަމާއި ގުޅޭ

ފާނަ އާލާކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: މެރިން ރިސާރޗް ސެންޓަރ
ފާނަ އާލާކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: މެރިން ރިސާރޗް ސެންޓަރ

ފަރުމަސް އާލާ ކުރުމުގެ ހުނަރު ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރ ޗް އިންސްޓިޓިއުޓުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ [މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް] ގެ ދަށުން ހިންގޭ ދެވަނަ ތަމްރީނު 30 އޮކްޓޯބަރު 2024 އިން 12 ނޮވެންބަރު 2024 އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވީ 14 ދުވަހުގެ މުއްދަތަށް ހިންގާ މި ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު 15 ފަރާތަކަށް ދިނުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

މި ތަމްރީނުގައި ބައިވެރިވާން ޝައުގުވެރިވެރިވާ ފަރާތްތަކުން 15 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ  14:00 ގެކުރިން ފޯމު ފުރިހަމަކުރުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއި އެކު ހުށަހެޅަންޖެހެއެވެ.

އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނީ info@mmri.gov.mv އަށެވެ. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިކަން 15 ފަރާތަށްވުރެ އިތުރު ފަރާތްތަކުން ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މޯލްޑިވްސް މެރިން އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.

ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު މެރިން އިންސްޓިޓިއުޓްގެ ނަންބަރު 3322242 ފޯނަށް ގުޅުމަށް ލިބޭނެ ކަމަށް ފިޝްރީޒް މިނިސްޓްރީއިން ވިދާޅުވިއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.