މަސްވެރިކަމާއި ގުޅޭ

Screenshot 2024-10-10 192138

މަސްވެރިއަކު ހިފި މިޔަރެއްްގެ ބަނޑުތެރެއިން އަންހެނެއްގެ ހަޑިގަނޑުގެ ބައިތަކެއް

އީސްޓިމޯގެ މަސްވެރިއަކަށް ހިފި މިޔަރެއްގެ ބަނޑުތެރެއިން އަންހެނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެއެވެ.

އެއީ މިދިޔަމަހުގެ 26ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ އެމެރިކާގެ ސައުތު ޑެކޯޑާއަށް ނިސްބަތްވާ އަންހެނެކެވެ. އުމުރުން 68 އަހަރުގުެ ކޮލީން މޮންފޯ ރައްޓެހިންނާއި އެކު އިންޑޮނޭޝިއާގައި ޑައިވިންގއަށް ގޮސް އުޅުމުގެތެރޭގައި ގެއްލުނީއެވެ.

އޭނާއަށް ވީގޮތެއްވެސް އޭނާއާއި އެކު ޑައިވިންއަށް ދިޔަ މީހުންނަކަށް ނޭގެއެވެ. އެހެންނަމަވެސް އޭގެ ހަފްތާއެއް ފަހުން އީސްޓިމޯއަށް ނިސްބަތްވާ މަސްވެރިއަކު ހިފި މިޔަރެއްގެ ބަނޑުތެރެއިން އޭނާގެ ހަށިގަނޑުގެ ބައެއް ބައިތައް މިވަނީ ފެނިފައެވެ.

މަސްވެރިޔާ ބުނެފައިވާގޮތުގައި އޭނާގެ މަސް ހިފާ ދާގަނޑުގައި ޖެހުނީ ވަރަށް ބަަލިވެފައި އޮތް މިޔަރެއް ކަމަށެވެ. އަދި އޭގެ ހާލަތަށް ބަލާ ހީކުރީ އެ މިޔަރަށް ޕްލާސްޓިކް ކެވިފައިވަނީ ކަމަށެވެ. މިފަދަ ކަމަކަށް ޝައްކުވެގެން އޭގެ ބަނޑު ފަޅާލީ ކަމަށް މަސްވެރިޔާ ބުނެފައިވެއެވެ.

އެއީ ކޮލީން ކަމަށް ބެލެވެނީ ލައިގެން ހުރީ ސުވިމިންގސޫޓުންނެވެ. މިޔަރުގެ ބަނޑުންވެސް ފެނިފައިވަނި ހަމަ އޭގެ ސްވިމިންގ ސޫޓަކާއި އެކު ހުރި ގުނަވަންތަކެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!