| 6.7 | ކަނޑު މަސްވެރިކަމުގައި ބިދޭސީން ހަރަކާތްތެރިވުން | |
| 6.7.1 | ލޭނު ބޮޑުކަންނެލީގެ މަސްވެރިކަމުގައި ފިޔަވައި މި ޕްލޭންގެ ދަށުން މެނޭޖްކުރާ އެހެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްގައި، ސީދާ ގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރި ވުމަކީ މަނާކަމެކެވެ. | |
| 6.7.2 | 6.7.1 ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކުގެ ތެރެއިން މި ޕްލޭން ގެ ޖަދުވަލު 3 ގައި ހިމެނޭ ލައިސަންސް ދޫކުރެވޭ ގިންތިތަކުގެ ތެރެއިން 1، 2 އަދި 3 ގެ ދަށުން ލައިސަންސް ދޭ އުޅަނދުތަކުގައި އަންނަނިވި މަސައްކަތްތައް ކުރުމަށް ގިނަވެގެން 2 (ދޭއް) ބިދޭސީން ވަޒީފާގައި ގެންގުޅެވިދާނެއެވެ. | |
| (ހ) | އުޅަނދު ސާފުކޮށް ބެލެހެއްޓުމަށް؛ | |
| (ށ) | އުޅަނދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް؛ | |
| (ނ) | އުޅަނދުގެ ފަޅުވެރީންނަށް ކެއްކުމަށް؛ | |
މެސެޖްބައިގައި ޚިޔާލު ހުށަހަޅުއްވާ
ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭން ޑައުންލޯޑް ކުރައްވާ