މަސްވެރިކަމާއި ގުޅޭ

މެނޭޖްމަންޓް ޕްލޭން: ވެސަލް މޮނިޓަރިންގ ސިސްޓަމް (ވީ.އެމް.އެސް) ހަރުކުރުން

6.8.3 ވެސަލް މޮނިޓަރިންގ ސިސްޓަމް (ވީ.އެމް.އެސް)
(ހ) މަސްވެރިކަން ކުރާ އަންނަނިވި އުޅަނދުތަކުގައި ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގައިމިނިސްޓްރީއިން ކަނޑައަޅާ މިންގަނޑުގެ ވީ.އެމް.އެސް ހަރުކޮށް ބަލަހައްޓަންވާނެއެވެ.

(1)   ދިގުމިނުގައި 24 މީޓަރު ހުންނަ ނުވަތަ އެއަށްވުރެ ދިގު އުޅަނދު، މި ޕްލޭން އަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން 6 މަސްދުވަސް ތެރޭގައި؛

(2)   20 މީޓަރާއި 24 މީޓަރާ ދެމެދުގެ ދިގުމިނުގެ އުޅަނދު، މި ޕްލޭން އަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން 12 މަސްދުވަސް ތެރޭގައި؛

(3)   15 މީޓަރާއި 20 މީޓަރާ ދެމެދުގެ ދިގުމިނުގެ އުޅަނދު، މި ޕްލޭން އަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން 18 މަސްދުވަސް ތެރޭގައި.

(ށ) މިމާއްދާގެ (ހ) ގެ ދަށުން އުޅަނދުގައި ހަރުކޮށްފައިވާ 'ވެސަލް މޮނިޓަރިންގ ސިސްޓަމް' ހުންނަންވާނީ، އަބަދުވެސް ހުޅުވާފަ ('އޮން' ކޮށްފަ)އެވެ.
(ށ)  

މިނިސްޓްރީއަށް ލިއުމަކުން އަންގައި ހުއްދަ ލިބިގެންމެނުވީ ވެސަލް މޮނިޓަރިންގ ސިސްޓަމް ނިއްވާލައިގެންނުވާނެއެވެ.

 

(ނ) އުޅަނދު މަސްވެރިދަތުރަށް ފުރުމުގެ ކުރިން އެ އުޅަނދުގް ވީ.އެމް.އެސް ފުރިހަމައަށް މަސައްކުރާކަން އުޅަނދުގެ މާސްޓަރ ޔަގީންކުރަންވާނެއެވެ.
(ރ) މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ 'ވެސަލް މޮނިޓަރިންގސިސްޓަމް'، އެއްވެސް ސަބަބަކާއި ހުރެ ނިވިއްޖެނަމަ، ނުވަތަ މިނިސްޓްރީއަށް އެއުޅަނދުގެ ޕޮޒިޝަން ނުފެންނަ ކަމަށް މިނިސްޓްރީން އުޅަނދަށް އަންގައިފިނަމަ، އުޅަނދު އޮތް ސަރަޙައްދު (ޠޫލު، ޢަރުޟު ވަކިން އިނގޭނެހެން)، އުޅަނދުގެ ދުވެއްޔާއި އުޅަނދުގެ ޙަރަކާތުގެ މަޢުލޫމާތު ކޮންމެ 6 ގަޑިއިރަކުން މިނިސްޓްރީން ކަނޑައަޅާ ސެންޓަރަކަށް ލިއުމުން ފޮނުވަންވާނެއެވެ.

 

މެސެޖްބައިގައި ޚިޔާލު ހުށަހަޅުއްވާ

ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭން ޑައުންލޯޑް ކުރައްވާ

 

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!