ބާބު 7: ކުށާއި އަދަބު
ތާވަލް 3: ކުށްތަކާއި އެ ކުށްތަކަށް ދެވޭ އަދަބުތައް
| ކުށް | ޖުރިމަނާ (ދިވެހި ރުފިޔާ) | ތަކުރާރުކުރެވޭ ކުށްތަކުގެ އަދަބު |
| ލައިސަންސް ނެތި ވަދުއެޅައިގެން މަސްވެރިކަންކުރުން | 5,000/- | - |
| ލައިސަންސްނެތި ދޮށީގެ މަސްވެރިކަން ނުވަތަ އަތުނަނުގެ މަސްވެރިކަންކުރުން | 20,000/- | - |
| ލައިސަންސްނެތި ލޭނުގެ މަސްވެރިކަން ކުރުން | 30,000/- | - |
| ލައިސަންސްނެތި މަސް އުފުލާ އުޅަނދެއް ހިންގުން | 40,000/- | - |
| އުޅަނދުގައި ލައިސަންސް ނުގެންގުޅުން | 1,000/- | ތަކުރާރުވާ ކޮންމެ ފަހަރަކު MVR 1,000/- |
| އުޅަނދުގައި ލޮގްފޮތް ނުގެންގުޅުން | 750/- | ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް MVR 500/- އިތުރުވުން (MVR 10,000/- އާއި ހަމައަށް) |
| މަސްވެރިކަމުގެ ލައިސަންސް އާއި އެއްގޮތަށް ދަތުރުގެ ލޮގްތައް މިނިސްޓްރީއަށް ހުށަނޭޅުން | 750/- | ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް MVR 500/- އިތުރުވުން (MVR 10,000/- އާއި ހަމައަށް) |
| ރަނގަޅު ނޫން ނުވަތަ ދޮގު މަޢުލޫމާތުގެ މައްޗަށް އެކުލެވިގެންވާ ލޮގްފޮތުގެ މަޢުލޫމާތު މިނިސްޓްރީއަށް ހުށަހެޅުން | 10,000/- | ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް MVR 500/- އިތުރުވުން (MVR 50,000/- އާއި ހަމައަށް) |
| އެހެން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ޙިމާޔަތްކުރެވިފައިވާ ބާވަތެއް ބޭނުން، އުޅަނދުގައި ބެހެއްޓުން، އުޅަނދުގައި ރައްކާކުރުން، ޓްރާންސްޝިޕް ކުރުން، ބަނދަރުކުރާ ތަނަކަށް ނުވަތަ އެއްގަމަށް ގެންދިޔުން. | 300,000/- | ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް MVR 10,000/- އިތުރުވުން (MVR 300,000/- އާއި ހަމައަށް) |
| އިންޑިއަން އޯޝަން ސްޓްރައިޕްޑް މާރލިން، ކަޅުމަސްހިބަރު، ނަގޫފަތުގެ މެދަށް އެންމެ އަޑިވާ ހިސާބުން ފެށިގެން ތިރީ ތުންގަނޑުގެ ކޮޅާއި ދެމެދުގައި 60 ސެންޓިމީޓަރަށްވުރެ ކުރު ދިގުމިނެއްގެ ފަންގަނޑުހިބަރާއި، މޮބިއުލިޑް ޢާއިލާގެ މަޑި ނުވަތަ މިއިން ބާވަތެއްގެ ބައެއް ނުވަތަ މަރުވެފައިވާ ހަށިގަނޑު އުޅަނދެއްގައި ބޭއްވުމާއި، ރައްކާކުރުމާއި، ޓްރާންސްޝިޕް ކުރުމާއި ނުވަތަ އެއްގަމަށް ގެންދިޔުން | 10,000/- | ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް MVR 500/- އިތުރުވުން (MVR 50,000/- އާއި ހަމައަށް) |
| މަސްވެރިކަން ކުރުމަށް ވައިގަދުއްވާ އެއްވެސް އުޅަނދެއް ނުވަތަ ޑްރޯނެއް ބޭނުންކުރުން | 2,500/- | ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް MVR 500/- އިތުރުވުން (MVR 10,000/- އާއި ހަމައަށް) |
| މިނިސްޓްރީގެ ހުއްދަނެތި ޓްރާންސްޝިޕް ކުރުން | 50,000/- | ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް MVR 10,000/- އިތުރުވުން (MVR 400,000/- އާއި ހަމައަށް) |
| އެންފޯސްމަންޓް އޮފިސަރުންނާއި، ފިޝަރީޒް ރޭންޖަރުންނާއި، ފިޝަރީޒް އޮބްޒާވަރުންނަށް އެއްބާރުލުން ނުދިނުން | 1,000/- | ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް MVR 700/- އިތުރުވުން (MVR 10,000/- އާއި ހަމައަށް) |
| ޤުދުރަތީ ގޮތުން ފަނާވެގެންނުދާ ކުނި ނުވަތަ ކެމިކަލެއް މަސްވެރިކަމުގެ ތެރޭގައި ކަނޑަށް އުކައިލުން | 3,000/- | ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް MVR 1,000/- އިތުރުވުން (MVR 10,000/- އާއި ހަމައަށް) |
| މަސްވެރިކަމަށް ބޭނުންކުރާ އާލާތެއް (ދާ އަދި/ނުވަތަ ލޭނު) ކަނޑަށް ދޫކޮށްލުން ނުވަތަ އެއްލައިލުން | 10,000/- | ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް MVR 1,000/- އިތުރުވުން (MVR 100,000/- އާއި ހަމައަށް) |
މެސެޖްބައިގައި ޚިޔާލު ހުށަހަޅުއްވާ
ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭން ޑައުންލޯޑް ކުރައްވާ