މަސްވެރިކަމާއި ގުޅޭ

ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

މިއީ ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއް: ނައިބް ރައީސް

މިއީ ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަމަށާއި، ނޫސްވެރިންގެ ޒިންމާ އަދާކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވެފައި ވަނީ ރޭ ބޭއްވި "11 ވަނަ ނޫސްވެރިކަމުގެ އެވޯޑް” ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، މިޑިއާ ބާރުވެރިކޮށް ކުރިއެރުވުމަށް، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ހާސިލްކުރުމަށްޓަކައި ކަމާ ގުޅޭ މުވައްސަސާތަކުން ބާރު ދުވެލީގައި މަސައްކަތްކުރަމުންދާކަމަށެވެ. އަދި މީޑިއާ އާއި ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަންފޯރުކޮށްދީ ކުރިއެރުވުމަކީ އަދުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޒަމާނީ ނޫސްވެރިކަމަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖަންސް އާއި އެނޫންވެސް ފަންނިއްޔާތުގެ މަންސަތަކުން ހޯދާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް، މީޒާން ހަމަކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާއަދާކުރުމަށް އެމަނިކުފާނު ނޫސްވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ކުށެއް ނެތް ސާފު ދިވެހިބަހުން ލިޔެ، ވާހަކަދައްކައި ހެދުމަށް، މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ހިތްވަރުދިނުމަށްވެސް އެމަނިކުފާނު ނޫސްވެރިންނަށް ގޮވާލެއްވިއެވެ. ނައިބު ވަނީ، މަދަރުސާތަކުންނާއި ކޮލެޖު، ޔުނިވަރސިޓީތަކުން ކިޔަވައިގެން ނިކުންނަ ގާބިލު ދަރިންގެ ތެރެއިން މޮޅެތި ނޫސްވެރިން އުފެއްދުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!