މަސްވެރިކަމާއި ގުޅޭ

މެނޭޖްމަންޓް ޕްލޭން: އޮބްޒާރވަރުންނާއި އީ-މޮނިޓަރިންގް

6.8.4 އޮބްޒާރވަރުންނާއި އީ-މޮނިޓަރިންގް
(ހ) މަސްވެރިކަންކުރުމަށް ލައިސަންސްދީފައިވާ އުޅަނދެއްގައި އޮބްޒަރވަރެއް ބެހެއްޓުމަށް މިމިނިސްޓްރީން ނިންމާ ނިންމުންތަކަށް އެއްބާރުލުންދީ އެއިންތިޒާމްތައް އުޅަނދުގެ ވެރިފަރާތުން ނުވަތަ އޮޕަރޭޓްކުރާފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި މިގޮތުން، މިނިސްޓްރީން އުޅަނދެއްގައި އޮބްޒާވަރެއް ބެހެއްޓުމަށް ބޭނުންވާ ހާލަތްތަކުގައި މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރު ކުރިން އެކަމުގެ ނޯޓިސް ލައިސަންސްދޫކޮށްފައިވާ ފަރާތަށް ދޭންވާނެއެވެ.
(ށ) މިމިނިސްޓްރިގެ ގަވާޢިދު ނަންބަރު ގަވާއިދު ނަންބަރު 2020/R-75 [ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު]މިމިނިސްޓްރިން ކަނޑައަޅާ އެންމެހާ އޮބްޒާރވަރުންނާއި އޮފިސަރުން އެފަރާތުގެ ޒިއްމާތައް އުފުލުމުގައި ކުރާ ކޮންމެ ކަމަކަށް އުޅަނދުތަކުން އެއްބާރުލުން ދޭންވާނެއެވެ.
(ނ) ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އިލެކްޓްރޯނިކް މޮނިޓަރިންގ (އީ.އެމް) ސިސްޓަމެއް ހަރުކުރުމަށް މިނިސްޓްރިންނިންމައި އެކަމަށް އެދިއްޖެނަމަ އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތުން އެކަމަށް އެއްބާރުލުންދީ އެއިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.

 

(ރ) ލޭނުގެ މަސްވެރިކަންކުރާ އެންމެހާ އުޅަނދުތަކުގައި މިނިސްޓްރީއިން ކަނޑައަޅާފައިވާ މިންގަނޑުގެ އީ.އެމް ސިސްޓަމްއެއް ހަރުކުރަންވާނެއެވެ.

 

(ބ) އުޅަނދު މަސްވެރި ދަތުރުގައި ހަރަކާތްތެރިވާ އެންމެހާ ވަގުތެއްގައި އީ.އެމް ސިސްޓަމް ހުންނަންވާނީ ހުޅުވާފައި (އޮން ކޮށްފަ) އެވެ.

 

(ޅ) މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ އީ.އެމް ސިސްޓަމް ނިއްވާލައިގެން ނުވާނެއެވެ.
(ކ) އީ.އެމް ސިސްޓަމް ރަނގަޅަށް މަސައްކަތް ނުކުރާކަން އުޅަނދުގެ ވެރިފަރާތަށް ނުވަތަ އޮޕަރޭޓަރަށް ނުވަތަ މާސްޓަރަށް ފާހަގަވެއްޖެނަމަ، އެކަން މިނިސްޓްރީއަށް އެންގުމާއެކު ވީ އެންމެއަވަހަކަށް ހައްލުކުރަންވާނެއެވެ.
(އ) ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުގައި ހަރުކޮށްފައިވާ އީ.އެމް ސިސްޓަމް މަސައްކަތްނުކުރާކަމަށް މިނިސްޓްރީއަށް ފާހަގަވެ އެކަން އުޅަނދުގެ ވެރިފަރާތަށް ނުވަތަ އޮޕަރޭޓްކުރާ ފަރާތަށް ނުވަތަ މާސްޓަރަށް އަންގައިފިނަމަ، އެތާރީޚްއިން ފެށިގެން 10 ދުވަހުގެތެރޭގައި މަސްވެރިކަން ހުއްޓާލުމަށްފަހު މިމިނިސްޓްރީން ކަނޑއަޅާ ބަނދަރަކަށް އަންނަންވާނެއެވެ. އަދި މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ އެއުޅަނދެއް މަސްވެރިކަމުގެ އައު ދަތުރަކަށް ފުރައިގެން ނުވާނެއެވެ.

މެސެޖްބައިގައި ޚިޔާލު ހުށަހަޅުއްވާ

ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭން ޑައުންލޯޑް ކުރައްވާ

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!