އުރީދޫ މޯލްޑިވްސްގެ ހާއްސަ އާންމު ޖަލްސާއެއް އަންނަ މަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އުރީދޫން މިއަދު ބުނީ އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 27ގެ 14:00 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.
އެ ޖަލްސާގައި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށްވެސް އެޖެންޑާގައިވާ ކަންކަމަށް ވޯޓު ދެވޭނެއެވެ.
އުރީދޫން ބުނީ އެ ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މި މަހުގެ 30 ގައި އެ ކުންފުނީގެ އިންވެސްޓާސް ވެބްސައިޓުގައި އާންމު ކުރާނެ ކަމަށެވެ. އަދި ޖަލްސާ ބާއްވާނެ ތާރީހާއި ގަޑިއާއި ތަނާއި އެެޖެންޑާ އައިޓަމްތައް، އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އާންމުކުރާނެ ކަމަށް ބުންޏެވެ.