މަސްވެރިކަމާއި ގުޅޭ

3424-pvoo4pyvd7i11n20dney8ze1tfqg6em0e8br7mir2g

މަސްވެރިންގެ ޤައުމީ ދަފްތަރުގައި 2000 ވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެއްޖެ

މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް2000 ވުރެ ގިނަ ފަރާތުން ދަފްތަރުވެއްޖެއެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ ބޭނުމަކީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމާއި މަސްވެރިންނަށް ޚާއްޞަކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ނަފާ ސީދާ މަސްވެރިންނަށް ފޯރުކޮށްދޭނެ ވަސީލަތެއް ގާއިމް ކުރުމެވެ. ދަފުތަރެއް އެކުލަވާލައި ދަފުތަރު ކުރުމުގެ މަސައްކަތް ފަށައިގަތީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައެވެ.

މި މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންގޮސް ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 80 އިންސައްތަ ވަނީ ދަފުތަރު ކުރެވިފައެވެ. އަދި 2260 އެއްހާ ފަޅުވެރިންވަނީ ދަފުތަރުކުރެވިފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމަށްޓަކައި، މަސްވެރިންގެ ޤައުމީ ދަފްތަރު 16 ފެބްރުއަރީ 2024 ށ. ކޮމަންޑޫގައި ވަނީ އިފްތިތާހުކޮށްފައެވެ. މިގޮތުން މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއީ ޤައުމީ ފެންވަރެއްގައި ރާއްޖޭގައި މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.

މަސްވެރިންގެ ދަފުތަރު އެކުލަވާލުމަށް ވުޒާރާގެ ޓިމުތައްވަނީ 14 އަތޮޅަކަށް ދަތުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.