މަސްވެރިކަމާއި ގުޅޭ

v

މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ހާހަކަށްވުރެ ގިނަ ވަރި

މި އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ރާއްޖޭގައި 1936 ކައިވެނި ކޮށްފައިވާއިރު، އެ މުއްދަތުގެ ތެރޭގައި 1154 ވަރިކޮށްފައިވާ ކަމުގައި ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.

ފެމެލީ ކޯޓުން ބުނީ މި އަހަރުގެ އޮކްޓޯބަރ މަހު އެކަނި 205 ކައިވެނި ކޮށްފައިވާ ކަމަށާއި، ހަމައެކަނި އެ މަހުވެސް 148 ވަރިކޮށްފައިވާ ކަމަށެވެ.

ރާއްޖެއަކީ އަބަދުވެސް ހިމެނެނީ ވަރީގެ ނިސްބަތް އެންމެ މަތީ ގައުމުތަކުގެ ތެރޭގައެވެ. މިގޮތުން 2022 ވަނަ އަހަރު ވަރީގެ ރޭޓް އެންމެ މަތީ ގައުމުގެ ރެކޯޑް އޮތް ގައުމުގެ ގޮތުތައި ގިނީސް ވޯލްޑް ރެކޯޑް ފޮތުން ރާއްޖެ ވަނީ ޖާގަ ހޯދާފައެވެ. އެއީ ކޮންމެ 1000 މީހުންގެ ނިސްބަތުން 10.97 ވަރީގެ ގޮތުގައެވެ.

ފެމެލީ ކޯޓިން ހާމަކޮށްފައިވާ އޮކްޓޯބަރ މަހުގެ ތަފާސްހިސާބަށް ބަލާއިރު އެ ކޯޓުން އޮކްޓޯބަރ މަހު އެކަނި ވެސް ވަނީ 198 ވަރީގެ މައްސަލަ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!