އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ބޮޑު މަޝްރޫއުގެ ދަށުން، އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ކާމިޔާބު ކަމާއިއެކު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ތިން ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގައި 68 އިމާމުން ވަނީ ބައިވެރިވެ ތަމްރީން ފުރިހަމަ ކޮށްފައެވެ. މި ތަމްރީން ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އަންގާރަ ދުވަހިގެ ރެއެވެ.
އިމާމުން ތަމްރީން ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ދަށުން މިއަހަރު މިހާތަނަށް 19 އަތޮޅެއްގައި އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު 804 އިމާމުން ވަނީ ތަމްރީން ކޮށްފައެވެ.
އިމާމުން ތަމްރީންކުރުމާއި، އިމާމުންނަށް އިތުރު ތައުލީމާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ ވުޒާރާއިން ވަރަށް އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ ކަމެކެވެ.