މަސްވެރިކަމާއި ގުޅޭ

460727478_986086700225682_297693096264832960_n

އެން.ސީ.އޭ އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެން.ސީ.އޭ، އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ "އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މުޅި ރާއްޖެއަށެވެ.

އެގޮތުން މިމުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި މިނިވަން މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އެންސީއޭއިން ބުނެއެވެ.

މިމުބާރާތުގެ ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 12 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެންސީއޭއަށް ފޯމް ހުށަހެޅަންޖެހެއެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3344667 އަށް ގުޅުމަށް އެންސީއޭއިން އެދެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!