މަސްވެރިކަމާއި ގުޅޭ

Yellowfin Tuna image

މިއީ ކަންނެލި މަސްވެރިންނަށް ކުރާ އަނިޔާއެއް ނޫންތަ؟

ކުއްލިއަކަށް ކަންނެލީގެ އަގު ދަށަށް ދުއްވާލުމަކީ ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ކުރާ އަނިޔާއެއް ނޫންބާއޭ ބުނެ ކުރީގެ މަޝްހޫރު ގޯލްކީޕަރު އިމްރާން މުޙައްމަދު ސުވާލު އުފައްދައިފިއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު ކަމަށް ގިޔަ ބަޔަކު އެއްބަސްވާ ޢިމްރާން ކުރި ޓްވީޓެއްގައި ވަނީ، ރަނގަޅު ކަންނެލި ކޮޅެއް ބޭވުނީމަ އަވަހަށް ކިރާލަންވެގެން "ބާރަށް" ދުއްވާފައި އައީ ކިލޯއެއް 70ރ އަށް ހުރީމާ ކަމަށެވެ. ނަމަވެސް ކަންނެލި ކިރަން ކައިރި ކޮށްފައި އަގު އަހާލީމަ ފެކްޓްރީއިން ދިން ޖަވާބަކީ މިހާރު އަގަކީ ކިލޯއެއް 50ރ އަށް ކަމަށްކަމަށް އިމްރާންގެ ޓްވީޓްގައި ވެއެވެ.

މަޝްހޫރު ގޯލްކީޕަރު އިމްރާން މުޙައްމަދު

ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލް މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު ބެލެހެއްޓި ގޯލްކީޕަރު އިމްރާމް މުޙައްމަދު ފުޓްބޯޅައިން ރިޓެއަރ ކުރުމަށްފަހު ކުރިއަށްދާތަން ފެންނަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. ޚާއްޞަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަމުގައެވެ. މަސްވެރިންގެ ކަންބޮޑުވުންތަކުގެ އިތުރުން މަސްވެރިންކަން ކުރިއެރުމަށް އިމްރާން ގެންދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

މަޝްހޫރު ގޯލްކީޕަރު އިމްރާން މުޙައްމަދު

ބޮޑުކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައަޅާފައި ނެތުމެވެ. ނުވަތަ ކޮންޓްރޯލް އަގެއް ނެތުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Thiyaee alah vaakameh noon.. 3ton ah vureginain dhonyeh kanneli baanaifikan fectory thakah egijeyya ehisaabun dhuniyeyge
    marketga agu vettuny... eheyo 130/kg huttas. Vaguthun agu 50 ah vetteyne. Mikan halluvaany ginabayakah kanneli gathumuge furusathu hulhuvaalaigen.

Comments are closed.