މާލޭގެ ގެއެއްގައި އަލިފާންރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.
އެމްއެންޑީއެފް އިން އެކްސްގައި ބުނީ ފްރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ސިފައިން ހަރަކާތްތެރިވެ މިހާރު ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ ފަތިހު 4:30 ހާއިރުއެވެ. އެމްއެންޑީއެފުން އަލިފާންގަނޑު ނިއްވާލާފައި ވަނީ 5:30 ހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ސަބަބާއި ލިބުނު ގެއްލުމުގެ ތަފްސީލް ވެސް އަދި ހާމަކުރެވިފައެއް ނުވެއެވެ