މަސްވެރިކަމާއި ގުޅޭ

ކޮށިއަޅައިގެން ކަކުނީގެ މަސްވެރިކަން ކުރަނީ - ފޮޓޯ: ވައިޓް ރޮކް ސީޓުއަރސް
ކޮށިއަޅައިގެން ކަކުނީގެ މަސްވެރިކަން ކުރަނީ - ފޮޓޯ: ވައިޓް ރޮކް ސީޓުއަރސް

ބައުންޑްރީ ބޭ ކަނޑުގައި ޤަވާއިދާ ޚިލާފަށް ކަކުނި ހިފަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ކެނަޑާ އާއި އެމެރިކާ ގުޅިގެން ހިންގި ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ޤަވައިދާ ހިލާފަށް ދާޖަހައިގެން ކަކުނި ހިފަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ވޮޝިންޓަންގެ ބޭރުން އޮންނަ ބައުންޑްރީ ބޭ ކަނޑުގެ ސަރަހައްދުގައި ހިންގި މި އޮޕަރޭޝަންގައި ޤަވައިދާ ހިލާފަށް ކަކުނި ހިފަން އުޅުނު ގިނަ ބައެއް ވަނީ ހައްޔަރުކޮށްފައެވެ.

ޤަވައިދާ ހިލާާފަށް ކަކުނި ހިފަން އުޅުނު މީހުން ހައްޔަރުކޮށްފައިވަނީ ކެނަޑާގެ ޑީއެފްއޯ ކޮންސަވޭޝަން ޕްރޮޓެކްޝަން އޮފިސަރުންނާއި، އެމެރިކާގެ ވޮޝިންޓަން ޑިޕާޓްމަންޓް އޮފް ފިޝް އެންޑް ވައިލްޑް ލައިފް، ނޭޝަނަލް މެރިން ފިޝަރީޒް ސާރވިސް، ބޯޑަރ ސާރވިސް އަދި ޝިޕް ރައިޑާޒް ގުޅިގެނެވެ. މިތިން ބޯޓާއި އެކު ކެނަޑާ އަދި އެމެރިކާގެ ކަމާބެހޭ އިދާރާތަކުގެ ގިނަ އޮފިސަރުންތަކެއް މިއޮޕަރޭޝަންގައި ހަރަކާތްތެރިވިއެވެ.

މިއޮޕްރޭޝަންގެ ދަށުން އެމެރިކާގެ ކަނޑުގެ ސަރަހައްދުން ޤަވައިދާ ހިލާފަށް ދާ ޖަހައިގެން ކަކުނި ހިފުމަށް ބޭނުން ކުރާ އާލާތްތައް ވަނީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިކަމުގައި ހަރަކާތްތެރިވުމުގެ ތުހުމަތުގައި ބައެއް ފަރާތްތަކާއި ވަނީ ސުވާލުކޮށް، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަަށަށްވެސް ގެންގޮސްފައެވެ. މިއޮޕަރޭޝަންގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި ޤަވައިދާ ހިލާފަށް ކަކުނި ހިފުމަށް ކަނޑު އަޑީގައި ޖަހާފައިވާ ދަލާއި، ބައެއް އިކުއިޕްމަންޓުތަކާއި، އެހެން ސާމާނުތައް ހިމެނެއެވެ. ޖުމްލަ 334 ސާމާނެއް މިއޮޕަރޭޝަންގައި ކަމަބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އަނެއްކޮޅުން ޤަވައިދާ ޚިލާފަށް ދާޖަހައިގެން ހިފާފައިވާ ކަކުންޏާއި އެހެނިހެން މަސްމަހާމެހި ވަނީ އަނބުރާ ކަނޑަށް ދޫކޮށްލާފައެވެ. އަދި މިކަމުގައި ޝާމިލްވާ މީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ޚާއްސަ ތަހުގީގެއް ފަަށާފައެވެ.

އދ.ގެ ކާބޯތަކެއްޗާބެހޭ ޖަމިއްޔާ، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން މައުލޫމާތުދޭގޮތުގައި ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާނާ މަހާއި އެހެނިހެން ބާވަތްތަކުގެ ތެރެއިން 26 މިލިއަން ޓަނުގެ ތަކެއްޗަކީ ޤަވައިދާ ހިލާފަށް ހިފާ، ބަނާފައިވާ ތަކެއްޗެވެ. މިއީ ގާތްގަޑަކަށް 10-23 ބިލިއަން ޑޮލަރަށް ވާވަރުގެ މަހާއި އެހެނިހެން ބާވަތްތަކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!