މަސްވެރިކަމާއި ގުޅޭ

282905_3_15f3c7bddffa9dc2f6571bf824eb8aa88abd40f2_medium

ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަހަމްވެއްޖެ

ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަހަމްވެއްޖެއެވެ.

މިހާދިސާގައި ޒަހަމްވެފައިވަނީ ގދ. ތިނަދޫ ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ރޯޅި ދޯނީގެ ފަޅުވެރިއެކެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ދޯނީގެ ބުރަފަތީގައި ވަލެއް އޮޅުމުން، އެ ވާ ނައްޓަން އުޅުމުގެ ތެރޭގައި ބުުރަފަތީގައި ޖެހިގެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިހާދިސާ ހިނގުމުން އެމްއެންޑީއެފްގެ ދެކުނު އޭރިއާގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ޒަހަމްވ ިމީހާ ތިނަދު އަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާގައި އެ ޒުވާނާގެ ފަލަމަސްގަނޑު ކަފައިގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!