މަސްވެރިކަމާއި ގުޅޭ

WhatsApp Image 2020-09-26 at 00.24.24

ޑީކޯ ޗެމްބަރަކާއެކު ޑައިވިން ސެންޓަރެއް ގދ. ގައްދޫގައި ހުޅުވައިފި

މޯބައިލްކޮށް ޚިދުމަތް ފޯރުކޮށްދޭ ޑީކޯ ޗެމްބަރަކާއިއެކު ޑައިވިން ސެންޓަރެއް ގދ. ގައްދޫގައި ހުޅުވައިފިއެވެ.

މި ސެންޓަރ ހުޅުވާފައިވަނީ ޑައިވިންގ ކުރަން ބޭނުންވާ ހުރިހާ ސާމާނަކާއެކީގައެވެ. އަދި ޑައިވިންގ ސާމާނު މަރާމާތު ކުރުމާއި، ވޯޓަރ ސްޕޯޓްސްއަށް ބޭނުންވާ ސާމާނުވެސް މި ސެންޓަރުން ލިބެން ހުންނާނެކަމަށް މި ސެންޓަރުން ބުނެއެވެ.

"އިރާ ޑައިވިން ކްލަބް އެންޑް ވޯޓަރ ސްޕޯޓްސް" ގެ ނަމުގައި ހުޅުވި މި ސެންޓަރަކީ ހުވަދު އަތޮޅުގައި ހުޅުވި މިފަދަ ފުރަތަމަ ޑައިވިިން ސެންޓަރެވެ.

މިސެންޓަރުން ޑައިވިންގ ދަސްކޮށްދިނުމުގެ ތަފާތު ކޯސްތައް ހިންގުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން އޮޕަން ވޯޓަރއިން ފެށިގެން މާސްޓަރ އާ ހަމައަށް ޑައިވިންގ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް އިރާ ޑައިވިންގ ކްލަބުން ބުނެއެވެ. އިރާ ޑައިވިންގ ކްލަބުން ބުނީ މަސްވެރިންނަށް ޚާއްސަކޮށްގެން ހެޔޮ އަގެއްގައި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

"އިރާ ޑައިވިންގ ކްލަބް އެންޑް ވޯޓަރ ސްޕޯޓްސް"ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރަޝީދު ވިދާޅުވީ ގިނަ ޚިދުމަތްތަކާއެކު ޑައިވިިން ސެންޓަރެއް ރަށުގައި ހުޅުވުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!