މަސްވެރިކަމާއި ގުޅޭ

407127726_6865264660225463_1483945611216363216_n

އޮޅުވާލައިގެން ފަގީރުންގެ ދަފްތަރުގައި ޖެހިފައިވާނަމަ ފުރުސަތު ގެއްލޭނެ

ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާން ފަގީރުންގެ ދަފުތަރުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބެލުމަށް ފަހުގައި ކަމަށާއި އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފުތަރުގައި ޖެހިފައިވާކަން ސާބިތުވެއްޖެ ނަމަ ހައްޖުގެ ފުރުސަތު ގެއްލޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެހަރަދުގައި ހައްޖަށް ދާން ފަގީރުންގެ ދަފްތަރުން ގުރުއަތުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބަލައި، ފަގީރުންގެ ޝަރުތަށް ފެތޭކަން ކަށަވަރުކޮށްފައި ކަމަށެވެ.

އޮޅުވާލައިގެން ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ އެ ފަރާތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ގެއްލޭނެ ކަމުގައި ވެސް ޝަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިޒުގެ ވަޢުދާ އެއްގޮތަށް، ދައުލަތުގެ ޚަރަދުގައި މިއަހަރު ޙައްޖަށް ފޮނުވާ 50 ފަގީރުން ވަނީ ހޮވާފައެވެ. އަދި އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުޞަތުދޭނެ 10 މީހުންވެސް ވަނީ ހޮވާފައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ފަޤީރުންގެ ދަފްތަރުން ޙައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ހައްޖަށް ފޮނުވާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ މި ވައުދުގެ ތެރެއިން ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފަވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުގެ ތެރެއިން ފަޤީރުން ހައްޖަށް ފޮނުވަން ފަށާފައިވަނީ މިދިޔަ އަހަރުއެވެ.

އުސޫލެއްގެ ގޮތުން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. ރާއްޖެއިން މިހާރު މީހުން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ. މިއަހަރުގެ ޙައްޖު ދުވަސް މީލާދީގޮތުން ދިމާވަނީ ޖޫން މަހުގެ 5 ވަނަ ދުވަހާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!