މަސްވެރިކަމާއި ގުޅޭ

371597_562d9c2a-e_

ރައީސްގެ ބޭފުޅުންނާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކާއި ގުޅިގެން ދައުވާކުރަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި މެޑަމް ޝާޖިދާ މުހައްމަދުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަކީ ވޭޕް ބޭނުން ކުރާ ކުއްޖެއް ކަމަށް، އެމްޑީޕީގެ މުޒާހަރާގައި މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ.

މިއަދު ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރުވަނީ، ސާޖިދާގެ ފަރާތުން ވަނީ ބަޔާނެއް އިއްވާފައެވެ.

ފަސްޓްލޭޑީގެ ނޫސްބަޔާނުގައި ވިދާޅުވީ ސިޔާސީ ގޮތުން ރައީސް އާ ހުރި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެމަނިކުފާނުގެ ދަރިކަލަކާ ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ. އެކަމުގެ ތެރެއިން އެ ކުދިންގެ ކިޔެވުމާއި މުސްތަގްބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ކުއްޖަކީ ގާނޫނޫން ރައްކާތެރިކަން ލިބިފައިވާ ކުއްޖެއް ކަމަށްވާއިރު، ފަސްޓްލޭޑީ ވިދާޅުވެފައިވާ ގޮތުގައި މިކަންތައްތަކުގެ ސަބަބުން ކުދިންގެ ކަރާމާއި އަބުރަށް ގެއްލުންވާ ކަންކަން ހިނގަމުން އަންނަ ކަމަށެވެ.

އެހެންކަމުން މިއީ މަންމައެއްގެ ހައިސިއްޔަތު އަޅުއްވަން މަޖުބޫރުވި ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ވަނީ ވިދާޅުވެފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އާއިލާގެ ވަކީލު އާޒިމާ ވިދާޅުވީ، ރައީސްގެ އެންމެ ތުއްޕުޅު ދަރިކަލުންގެ ފޮޓޯ އާއި ދަރިކަލުންގެ އިތުރު ފޮޓޯތައް އާންމުކޮށް އިދިކޮޅުން މަސައްކަތްކުރަނީ ހޭޓް ސްޕީޗު ފެތުރުމަށް ކަމަށާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ދަރިކަލުންގެ ކަރާމާރަށް އަރައިގަތް މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، މި ނިންމުމަކީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ވާހަކަ ދައްކާފައި ވާއިރު ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓްކުރައްވާފައި ވާތީ ކަމަށާއި ޕާޓީ އަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އާޒިމާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!