Captureff

އިންޑިއާގެ އޮޑިޝާގެ ބީޗުތައް ކުދި ވެލާތަކުން ފުރާލައިފި

އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ ގަހިރުމަތާ ބީޗަށް މިއަހަރު އެތައްހާސް ވާވޮށި ވެލާ ބިސް އަޅާފައިވާއިރު،  ބިސްތައް ފީވެ ބިސް ވަޅުތަކުން ކުދި ވެލާތައް މިވަނީ ނިކުންނަން ފަށާފައެވެ.

މިއާއެކު ބީޗުވަނީ އެއްކޮށް ކުދި ވެލާތަކުން ފުރިފައެވެ. މި ހިތްގައި މަންޒަރު ދުރުން ބަލާލުމަށް ބައެއް މީހުންވެސް ވަނީ އެއްވެފައެވެ.

ބެލެވޭގޮތުގައި ބިސް ވަޅުތަކުން ވަނީ މިލިއަނުން ކުދި ވެލާތައް މިއަހަރު ނިކުމެފައެވެ. އެގޮތުން ފާއިތުވީ 48 ގަޑިއިރުތެރޭވެސްް ގިނަ އަދަދެއްގެ ވެލާތައް ވަނީ މޫދަށް ފައިބާފައެވެ. ގަހިރުމަތާ ބީޗަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ވެލާ ބިސް އަޅާ އެއް ބީޗެވެ.

އާއްމުގޮތެއްގައި 7 ދުވަސްވަންދެން ކޮންމެ ދުވަހަކުވެސް ބިސް ވަޅުތަކުން ބިސް ފީވެ ނިކުމެއެވެ. އެހެންކަމުން ކުރިއަށް މިއޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ ކުދި ވެލާތައް ނިކުންނާނެ ކަމަށް ފޮރެސްޓު އޮފިޝަލުން ބުނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!