މަސްވެރިކަމާއި ގުޅޭ

Capturebvc

ކުޑަ މަހެއް ބޭނި މީހަކު 2000 ޑޮލަރުން ޖޫރިމަނާކޮށްފި

ހުއްދަ ދީފައިވާ ސައިޒަށްވުރެ ކުޑަ މަހެއް ބޭނުމަށްފަހު އޭތި އަނބުރާ ކޯރަށް ދޫކޮށްފައިނުވާތީ މީހަކަ ޖޫރިމަނާކޮށްފިއެވެ.
އިނގިރޭސިވިލާތުގައި ހިނގި މި ހާދިސާގައި އެމީހާ ވަނީ 2000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކުރުމުން ފްރޭންކް ލެވެރިއާ އޭނާ ވަނީ ސައިޒުން ކުޑަ މަހެއް ބޭނި ކަމަށް އެއްބަސްވެފައެވެ. އޭނާ ކުށަށް އިއުތިރާފުވުމުން މެރިން ރިސޯސަސް ޓީމުން ވަނީ ކުދި މަސްތަކައް ހިމާޔަތްކޮށް މަސް އާލާ ވުމަށް ފުރުސަތު ދިނުމަކީ އެމީހުން ވަރަށް "ސީރިއަސް"ކޮށް ކުރާ މަސައްކަތެއް ކަމަށެވެ.

އަދި ކުދި މަސްތައް ހިމާޔަތްކުރަނީވެސް އެ އެއްޗެހި ބޮޑެތިވެ، އާލާ ވުމަށް ފުރުސަތު ދިނުމަށްކަމަށާއި، މިއީ މަހުގެ ސްޓޮކް ދެމެހެއްޓުމަށް ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތްކަން މެރިން ރިސޯސަސްއިން ބުނެފައިވެއެވެ.\

އެމީހާ ބާނާފައިވަނީ 23 ސެންޓިމީޓަރަށްވުރެ ކުޑަ ބްލެކް ސީ ބްރީމް މަހެކެވެ. ހުދަ ދީފައި އޮންނަނީ 23 ސެންޓިމާޓަރަށްވުރެ ބޮޑެތި ބްލެކް ސީ ބްރީމް މަސް ބޭނުމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!