Capturedas

މާހުގެ ކާނާ ބޭނުންކޮށްގެން ސައިންވެރިން ރޮބަޓެއް އުފައްދައިފި

މަހުގެ ކާނާ ބޭނުންކޮށްގެން ސައިންވެރިން ރޮބަޓެއް އުފައްދައިއެވެ.

ސްވިޒަރލޭންޑުގެ ލައުސަން ރިސަރޗު ޓީމުން އޮފައްދާފައިވާ މި ރޮބަޓުން ފެންގަނޑުތަކުގެ ހާލަތު ވަޒަންކޮށް، ފެންގަނޑަށް ބޭނުންވާ ބޭހުގެ ބާވަތްތައް ފޯރުކޮށްދޭނެއެވެ.

މި ރޮބަޓުގެ ދިގު މިނަކީ ގާތްގަނޑަކަށް 5 ސެންޓިމީޓަރެވެ. މީގެ ބައްޓަން ހުންނަނީ ބޯޓެއްގޮތަށެވެ.

މިއީ މަސްތަކަށް ކާނާގެ ގޮތުގައިވެސް ބޭނުންކޮށްލެވޭނެ ރޮބަޓެކެވެ. މިއީ އަމިއްލައަށްވެސް އެކި ތަންތަނަށް ދަތުރުކޮށްލެވޭނެ ރޮބަޓެކެވެ. އެ އެތި ކޮންޓްރޯލްކުރަން ރިމޯޓެއް ނޯވެއެވެ.

ރިސަރޗު ޓީމުން ބުނީ މިގޮތަށް އޭތި އަމިއްލައަށް ތަންތަނަށް ދެވޭނެގޮތް ހަދާފައިވަނީ އެކި ދިމާތަކަށް އޭތި ފޮނުވާލާ، މީގެ ބޭނުން އެންމެ އެކަށީގެންވާގޮތަށް ހިފުމަށްކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!