އެމެރިކާގެ މަސްވެރިއެއް 254 ކިލޯގެ މާބަނޑު މިޔަރެއް ބާނައިފިއެވެ. މި ބުލް ޝާކްގެ ދިގު މިނުގައި 10 ފޫޓު ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މިޔަރު މާބަނޑުކަން އެނގުނީ ފަހުން ހެދި ޓެސްޓުތަކަކުންނެވެ. އެޕެކްސް ޝާކް ފިޝިންގ ޗާޓާސްއަށް މި ސައިޒުގެ މިޔަރުތައް ހިފުމަށް ހާއްސަ ހުއްދައެއްް ލިބިފައިވެއެވެ. އެ ހުއްދަައަކީ އެ ސައިޒުގެ މިޔަރެއް ހިފިއްޖެ ނަމަ ތަހުލީލުކުރަން އޭތި ދިނުމެވެ.
މާބަނޑު މިޔަރެއް ބޭނުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އެ ކުންފުންޏަށްވަނީ އަމާޒުވެފައެވެ.
މިޔަރަކީ ގިނަ ޤައުމުތަކުގައި ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެހެން ނަމަވެސް އެމެރިކާ ފަދަ ޤައުމުތަކުގައި ހާއްސަ ހުއްދައަކާއި އެކު މިޔަރު ބޭނެއެވެ.