417003_3_0510cbc33d54f2541c062c2413f0fcc15c6a8819_large

ވާލާއި ކާޅުގެ މައްސަލަ ހައްލުކުރަން ގޮތްތަކެއް ހޯދަން މަޝްވަރާކޮށްފި

ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދަވައިދެއްވުމަށް އެންވަރމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެކު ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަންކުރަމުން އަންނަ ދަނޑުވެރިންނަށް ވާލާއި ކާޅުފަދަ ދިރޭތަކެތީގެ ސަބަބުން ގޮންޖެހުންތައްކުރިމަތިވެއެވެ. އެހެންކަމުން އެކަމަށް ހައްލު ހޯދުމަށް، އީޕީއޭ އާއި އެކު ބޭއްވި ބައްދަލުވުމުގައި، ކާޅު އަދި ވާލުގެ ދުއްތުރާތަކުން ދަނޑުތައް ސަލާމަތްކުރުމަށް، އެތަކެތި މެނޭޖު ކުރުމާއިގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން މި ވުޒާރާގެ ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްގެ އިސްބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި ވާލާއި ކާޅާއި ގުޅޭގޮޮތުން އީޕީއޭ އިން ވިދާޅުވީ ފުރަތަމަ ވާ އަދި ކާޅުގެ އަދަދު ބަލައި ދެނެގަތުމަށެވެ. އެއަށްފަހު އެ އަދަދަށް ބެލުމަށްފަހު އީޕީއޭއިން ޖަނަވާރުތައް ބެލެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެކަމަށެވެ.

އީޕީއޭއިން ވިދާޅުވަނީ ވާލާއި ކާލުގެ އުނދަގޫބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ، ކޮންޓްރޯލްކޮށްގެން އުނިކުރުންކަމަށް ވިސްނިދާނެކަމަށެވެ. އެކަމަކު އެއީ އެންމެ ފަހުކަމެއްގެ ގޮތުންކަމަށެވެ.

މި ވުޒާރާގެ މަޤްޞަދަކީ ދަނދުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމެވެ. އަދި އެއާއިއެކު އާންމު ސަލާމަތްތެރިކަން ޔަޤީންކޮށް، އަދި ރަނގަޅަށް މަޢުލޫމާތު ލިބިގެން ރޭވުންތެރިކަމާއެކު ކަންކަން ބައްޓަންކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!