f3071569-11c8-4267-ae41-a60fc7723642

މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކުރި އޮޑިވެރިންނަށް ވަގުތުން ހައްލު ހޯދައިދީފި

ހުޅުމާލެ މުދާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި، ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިދީފިއެވެ.

މުދާ ޖެޓީ ތަރައްގީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެދި އެޗްޑީސީއިން 09 އޭޕްރީލް 2025 ގައި ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް، އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް ދިން މުހުލަތު ފަހަނައެޅުމުން، މިއަދު އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް މި ކޯޕަރޭޝަނުން އެންގުމާއެކު، ބައެއް އޮޑިވެރިން އެ ސަރަހައްދަށް އެއްވެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

އެހެންކަމުން، އެ އޮޑިވެރިންނާ އެ ކޯޕަރޭޝަންގެ އިސްވެރިން މަޝްވަރާ ކުރުމަށްފަހު، މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ މިފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!