އެސްޓީއޯގެ "ލަނޑާ" ދޯނި ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.
މި ދޯނީގެ ދިގުމިނަކީ 36.22 ފޫޓެވެ. އަދި ފުޅާމިނަކީ 7.26 ފޫޓެވެ. ފުން މިނުގައި 12.79 ފޫޓު ހުރި އިރު، ގްރޮސްޓަނޭޖަކީ 12 ޓަނެވެ. ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ދޯނި ބަލައިފާސްކުރަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ދޯނި ބަލައިފާސްކުރުން ކުރިޔަށްދާނީ 9782171 ފޯނަށް (މުޙައްމަދު ރިޔާޟް - އެޑްމިން އޮފިސަރ) ގުޅައިގެންނެވެ.
ދޯނި ބެލުމަށް ބޭނުންވާ ފަރާތްތަކުން 27 މެއި 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން މާލެ 1 ނަންބަރު ޖެޓީއަށް އައުމުން ދޯނި ބަލާލަން ދިޔުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެގޮތުން 1 ނަންބަރު ޖެޓީގައި އެސްޓީއޯގެ ލޯންޗް ފުނަދޫއަށް ދޯނި ބެލުމައް ދިއުމައްޓަކައި ހަމަޖެހިފައިވާނެކަމަށް އެސްޓޯއިން ވިދާޅުވެއެވެ. ނީލަން ފެށޭ އަގަކީ 7 ލައްކަ ރުފިޔާއެވެ. އަގު ހުށަހެޅުން އޮންނާނީ 28 މެއި 2025 ވަނަ ދުވަހު ގަޑި 10:00 ގައި އެސްޓީއޯ ޓްރޭޑުސެންޓަރ، ފަންގިފިލާ 3 ގައެވެ. ނީލަން ކާމިޔާބުކުރާ ފަރާތަށް ބިލް ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު، ދޯންޏާ ހަވާލުވެ، އެ މުއްދަތުގެ ތެރޭގައި ދޯނި ގެންދަން ޖެހެއެވެ.
މި މުއްދަތު ހަމަވުމުން، އިޢުލާން ބާޠިލުކުރުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވާނެކަމަށެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ އެހެނިހެން ނީލަން ތަކުގައި ބައިވެރި ނުވެވޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.