Capturensddd

ކާރުގައި ބޮޑު މަހެއް އެލުވައިގެން ދުއްވި މީހަކު ޖޫރިމަނާކޮށްފި

ކާރުގައި ބޮޑު މަހެއް އެލުވައިގެން ދުއްވި މީހަކު ޖޫރިމަނާކޮށްފިއެވެ.

ޗައިނާގެ ކުއާންޝީ ޖުއާންގ ސަރަހައްދުގައި ހިނގި މި ހާދިސާގައި މަސްވެރިޔާއަށް ބޭނުނު ބޮޑު މަސް އޭނާ ބޭނުންވީ މީހުންނަށް ދައްކާލުމަށެވެ. އެއާ އެކު އޭނާ މަސް އެލުވީ ކާރުގައެވެ. އަދި އޭނާވަނީ މަގުތަކުގައި ދުއްވާފައެވެ.

ގިނަ ބައެއްގެ ސަމާލުކަން ލިބި އޭނާގެ ފޮޓޯ އާއި ވީޑިއޯ މީސްމީޑިއާގައި އާއްމުވިއެވެ. އެހެން ނަމަވެސް ޓްރެފިކް ފުލުހުންގެ ސަމާލުކަމަށްވެސް އެކަން އައި ހިސާބުން އޭނާއާ މެދު ވަނީ ފިޔަވަޅު އަޅާފައެވެ.

އޭނާއަށް ފިޔަވަޅު އަޅާފައިވަނީ މުޖުތަމައު ބަލައި ނުގަނެވޭނެ ފަދަ ކަމެއް ކުރުމުގެ ކުށަށެވެ.

އޭނާ ބޭނި މަހުގެ ބަރުދަނުގައި 40 ކިލޯ ހުންނާނެ ކަމަށް ބެލެވެއެވެ. އަދި އެމަސް އޭނާ ވަނީ އާއިލާ މީހުންނާއި އެކު ކާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!