ދިވެހިރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ދިވެހީންނަށް އިހްތިޔާރެއް އޮތް ކަމެއް ނޫންކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، ކަނޑުތަކަކީ ހަމައެކަނި ރާއްޖޭގެ އިގްތިސާދުގެ ބައެއް ނޫންކަމަށާއި، އެއީ ރާއްޖޭގެ އިގްތިސާދާއި، ސަގާފަތާއި، ދިރިއުޅުމުގެ އެއް ބައިކަމަށެވެ.
ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ %99 އަކީ ކަނޑުގެ ސަރަހައްދެވެ. ވުމާއިއެކު ކަނޑަކީ ދިވެހީންގެ މުޅި ދިރިއުޅުމަށް ވަނީ ވެފައެވެ. ރާއްޖޭގެ އިގްތިސާދު އޭގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ވެސް ގޮސް ސީދާ ގޮތުން ގުޅެނީ ކަނޑާއެވެ. ވުމާއިއެކު ދިވެހީންނަށް ކަނޑުގެ ދުޅަހެޔޮކަން އިންތިހާއަށް މުހިންމެވެ.
މި އަހަރުގެ ދުނިޔޭގެ ކަނޑުގެ ދުވަހުގެ ޝިއާރަކީ "ވަންޑާ: ސަސްޓެއިން ވަޓް ސަސްޓެއިން އަސް" ނުވަތަ "ފިކުރުހިންގުން: އަހަރުމެން ދަމަހައްޓައިދޭ އެތި ދަމަހައްޓަމާ،" އެވެ