މަސްވެރިކަމާއި ގުޅޭ

ޖަންބު ކަނޑުއުނިޔަ - ފޮޓޯ: ޓްރިޖް

ޖަންބު ކަނޑުއުނިޔަ

މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި ފުން ސަރަހައްދުތަކުގެ އަޑީގައި އުޅޭ ކުޑަ ސައިޒެއްގެ މަހެކެވެ.

މިމަސް އެންމެ ބޮޑުވަނީ 18.5 ސެންޓިމީޓަރަށެވެ. މިމަސް އާންމުކޮށް އުޅޭނ ީ10 މީޓަރާއި 125 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. އާންމުގޮތެއްގައި އުޅެނީ ބައިބަޔަށެވެ. މަހުގެ އާންމު ކާނާއަކީ ކަނޑުގެ އަޑީގައިއުޅޭ ކުދި ދިރުންތަކެވެ. މިއީ ދިވެހި މަސްވެރިކަމުގައި އާންމުކޮށް ބޭނޭ އަދި ހިފޭ ބާވަތުގެ މަހެއްނޫނެވެ. މިއީ ކެއުމަށް ބޭނުންކުރެވިދާނެ މަހެކެވެ. މަހުގެ މަތީބައި ހުންނަނީ ރަތްކުލައެއްގައެވެ. ބަނޑުދަށްފަރާތް ހުންނަނީ ރިހި ކުލައިގައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހުންނަނީ ފަނޑު ރީނދޫ ކުލައެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަނޑާއި، ކަންފަތްގަނޑުތިރިން ބަނޑުދަށްފަރާތުގައި ހުންނަ ކޮތަރި ކުރެވެ. މަހުގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިކޮށެވެ. ނިގޫފަތުގެ މަތީބައިގެ ކޮޅުހުންނަނީ ނަރުވައެއްގޮތަށް މަހުގެ ފަހަތަށް ދިގުވެފައެވެ. މިމަހަށް ކިޔާ ވަކިޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނުވާތީ މަހުގެ ކުލަވަރަށް ވިސްނާ މިމަހަށް 'ޖަންބު ކަނޑުއުނިޔަ' ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Slender threadfin bream
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!