މަސްވެރިކަމާއި ގުޅޭ

received_656143532005929

ރ. މަޑުއްވަރީ "މަންފާ"

މިދޯންޏަކީ މަޑުއްވަރީގައި މަސްވެރިކަމަށް ދުއްވާ ބޮޑެތި ދޯނިތަކުގެތެރޭގައި ގުނާލެވޭ ދޯންޏެކެވެ. ދިގުމިނުގައި 25 މީޓަރު، ފުޅާމިނުގައި 6 މީޓަރު ހުންނަ މިދޯނި ރަޖިސްޓްރީކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. މަންފާގެ ކެޔޮޅަކީ މިވަގުތު މަޑުއްވަރީގައި ހުރި އެންމެ ހަގު ކެޔޮޅެވެ. ޢުމުރުން 35 އަހަރުގެ ޝަރަފުއްދީން އިބްރާހީމްގެ ކެޔޮޅުކަމުގައި މަންފާ ދޯނީގައި 18 ފަޅުވެރިން މަސައްކަތްކުރެއެވެ. މިދޯނިން މިހާތަނަށް އެއްދުވަހާ އެންމެ ގިނައިން މަސްބޭނިދުވަހު 35 ޓަނު މަސް ބާނާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް