ވީއައިއޭގެ އާ ޓާމިނަލް ހުޅުވާ ރޭ ދޮޅު ގަޑިއިރަށް ވައިގެ ސަރަހައްދު ބަންދު

VIA05520

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުގެ ރަސްމިއްޔާތަށް، އެ ރޭ ދޮޅު ގަޑިއިރަށް އެ އެއާޕޯޓުގެ ވައިގެ ސަރަހައްދު ބަންދުކުރަން އެމްއޭސީއެލްއިން ނިންމައިފި އެވެ.

މިކަން އެމްއޭސީއެލްއިން ވަނީ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކަށް ކަށަވަރުކޮށްދީފައެވެ. ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އެ ކަމަށްޓަކައި އެމްއޭސީއެލްއިން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އެމްއޭސީއެލްއިން މައުލޫމާތުދޭ ގޮތުގައި އާ ޓާމިނަލް ހުޅުވާ ރޭ 8:30 އިން 10އަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުވާނެ ކަމަށެވެ. އެ ގަޑީގައި ރަސްމިއްޔާތު ބާއްވަން ނިންމީ އެއީ އާންމުކޮށް ރާއްޖެއަށް ފްލައިޓު ނުޖައްސާ ގަޑިއަކަށް ވާތީ ކަމަށެވެ. ނަމަވެސް ބޮޑު ރަސްމިއްޔާތެއް އޮންނާތީ ނޮޓަމްއެއް ނެރެ، އެކަން އިއުލާން ކުރަން ޖެހޭ ކަމަށެވެ.

އެ ގަޑީގައި ވައިގެ ސަރަހައްދު ބަންދުކުރި ނަމަވެސް، އެއާޕޯޓުގެ އެހެނިހެން އާންމު އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ