މަސްވެރިކަމާއި ގުޅޭ

ބާޚިރާ
ބާޚިރާ

ފަރެސްމާތޮޑާ ބާޚިރާ ދޯނި ގިނައަދަދަކަށް މަސްބާނައިގެން މަސްކިރުވަން ދުއްވަނީ

ގދ. ފަރެސްމާތޮޑާ ބާޚިރާ ދޯނި މިއަދު ގިނަ އަދަދަކަށް މަސްބާނައިފިއެވެ.

މި ދޯނި މަސް ބާނާފައިވަނީ މ. ފުއްތެޔޮމުއްޔާ ދިމާ 10 ނޯޓިކަލް މޭލު ބޭރުން ކަމަށް މަޢުލޫމާތު ލިބެއެވެ. މި ވަގުތު ދޯނި ދަތުރުކުރަމުން ދަނީ މ. ދިއްގަރުން އައިސް ހޯދުމަށެވެ. ދޯނި މަސް އައިން ދޫކޮށް ދުއްވާލީ ދޯނީގައި އިތުރަށް މަސް ފިނިނުކުރެވިދާނެތީ ކަމަށް މައުލޫމާތު ލިބެއެވެ.

ބާޚިރާ އެއްދުވަހުން އެންމެ ގިނައިން ބާނާއިފައިވަނީ 27 ޓަނު މަހެއެވެ. ދޯނީގެ ކެޔޮޅު މައުލޫމާތު ދިން ގޮތުގައި މިއަދު ބޭނި މަހުގެ ސީދ އަދަދު އަންދާޒާ ކުރަން ނޭންގުނު ނަމަވެސް، 47 ޓަނަށްވުރެ ބަރުވާނެއެވެ. އިތުރަށް މަސްބާނަން އައިންމަތީ މަޑުނުކޮށް ދުއްވާލީ ދޯނީގައި ފިނިކުރާ ނިޒާމުގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސްބޭނިފައި ހުރުމުންކަމަށް ކެޔޮޅު މައުލޫމާތުދިނެވެ.

މި ވަގުތު ދޯނިން މަސައްކަތް ކުރަމުންދަނީ އެންމެ ކައިރި ސަރަހައްދަކުން އައިސް ލިބޭނެ ގޮތެއް ހޯދުމަށެވެ. އަދި މަސްފިނިކުރެވޭ ވަރަށް އައިސް ލިބުމުން، މާންދޫއަށް މަސްކިރަންދާނެކަމަށް ކެޔޮޅުބުނެއެވެ.

ބާޚިރާ ދޯނި

ގދ. ފަރެސްމާތޮޑާގައި ދުއްވާ ދޯނިތަކުގެ ތެރެއިން އެންމެ ގިނައިން މަސްބާނާފައިވަނީ ފިޝަމަން ދޯނި އެވެ. އެއީ އެއްދުވަހުން 43 ޓަނު މަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!