މަސްވެރިކަމާއި ގުޅޭ

3503

މަސް ދޯންޏެއްގެ ތެރެއަށް ވެއްޓުނު މީހަކަށް ސީރިއަސް އަނިޔާތަކެއް

މަސްވެރިޔަކު ދޯނީގެތެރެއަށް ވެއްޓި އަނިޔާވުމާއި ގުޅިގެން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑިއެފުން ވިދާޅުވީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 32 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އަރާކުރި" ދޯނީގައި ހުރި 32 އަހަރުގެ ދިވެހި ފިރިހެނަކު ދޯނި ތެރެއަށް ވެއްޓި އަނިޔާވެގެން އަވަސް ފަރުވާއަށް ހއ.ހޯރަފުއްޓަށް ގެނެސްދިނުމަށް އެމްއެންޑީއެފުން މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 1:30 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިދިޔަ ހަފްތާގައިވެސް އެންއެންޑީއެފުން ވަނީ ދެ ދެ މަސްވެރިޔަކަށް އަނިޔާވެގެން ސިއްޚީ އަވަސް ފަރުވާއަށް މާލެ ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!